ޚަބަރު

ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން މަޖިލިސް ޖަލްސާ ކެންސަލް


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކެންސަލް ކޮށްފިއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއިއެކު މަޖިލީހުގެ ޖަލްސާތައްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މިއަދުގެ ޖަލްސާ ފެށުމަށްޓަކައި މަޖިލިސް އިދާރާއާއި، މެމްބަރުންވެސް ތައްޔާރަށް ތިއްބެވި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން، މިމައްސަލަ ހައްލު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެތީ މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ކެންސަލް ކުރި ކަމުގައި ވީނަމަވެސް މަޖިލީހުގެ ގިނަ ކޮމިޓީތަކެއް މިއަދުވެސް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގައި މިއަދު ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ މުހިންމު ކޮމިޓީތަކުގެ ތެރޭގައި، 241 ކޮމިޓީއާއި، މިޝްކާގެ މަރުގެ މައްސަލާގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރުންވެސް އެޖެންޑާކޮށްފައިވެއެވެ.