ޚަބަރު

ޔަންގް ފިޝާރޒް ކްލަބް އިފްތިތާޙުކުރައްވައިފި


ޔަންގް ފިޝަރޒް ކްލަބް
ރޭ އިފްތިތާޙު ކުރައްވައިފިއެވެ. މި ކުލަބް އިފްތިތާޙުކުރެއްވީ، ފިޝަރީޒް
މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު
ޝިހާމްއެވެ.



ދަނޑުވެރިންނާއި މަސްވެރިންގެ
ދުވަހުގެ ހަވީރުގެ ނަމުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިފްތިތާޙް
ކުރެވިގެންދިޔަ ޔަންގް ފިޝަރޒް ކްލަބަކީ މިދާއިރާއަށް ސްކޫލުތަކުގައި ކިޔަވާ
ދަރިވަރުން އަހުލުވެރިކޮށް، މަސްވެރިކަމުގެ ދާއިރާއަށް ދަރިވަރުންގެ ހިތްތަކުގައި
ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފެއްދި ކްލަބެކެވެ.



މި ކްލަބްގައި
ހިމެނެނީ ރާއްޖޭގެ އެކި ސަރަޙައްދުގެ ފަސް ސްކޫލެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު، ރ. ދުވާފަރު ސްކޫލު، ދ. ކުޑަހުވަދޫ އަތޮޅު ތަޢުލީމީ
މަރުކަޒު، ގއ. ވިލިނގިލި އަތޮޅު ތަޢުލީމަރުކަޒު، އަދި ސ. މަރަދޫ އިރުޝާދިއްޔާ
ސްކޫލުއެވެ.



މި ކްލަބްގެ
ދަށުން،  މަސްވެރިކަމާއި ގުޅޭ ތަފާތު
ހަރަކާތްތަކެއް ސްކޫލުތަކުގައި ހިންގުމަށް ވަނީ ރޭވިފައެވެ.



މިކަމަށް
ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލެވޭނެކަމަށާއި މިކަން ކުރިއަށްދާނީ މޯލްޑިވްސް
ފިޝަރމޭން އެސޯސިއޭޝަންގެ ދަށުންކަމަށްފިޝަރީޒް މިިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.




މި ކްލަބްގެ ސަބަބުން
ޒުވާނުން މަސްވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާނެކަމަށް
އުންމީދު ކުރައްވާކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.