ޚަބަރު

ޖެޓްސްކީއަކުން ވިއްސައިގެން ގޮސް ޖެހި ޒުވާނަކު ނިޔާވެއްޖެ


ޖެޓްސްކީއެއް ދުއްވަނިކޮށް އޭގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހި ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ށ.ފުނަދޫގައެވެ. މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ޢުމުރުން 22 އަހަރުގެ ޝުނާން ޝަރީފްއެވެ.

ފުލުހުން ބުނީ ށ.ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއްގައި އައްސާފައި އޮތް ސީބެޑެއްގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިފައިވާ ކަމަށާއި، އަނެއްމީހާ ސީބެޑުން ފުއްމާލާފައިވާ ކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:00 އެހާކަންހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.