ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މަރުވި މީހުންގެ އަދަދު 177އަށް


ކޯވިޑް19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 177 އަށް އަރައިފިއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 177 އަށް އަރާފައިވާއިރު މިއަދު މިހާތަނަށް ރާއްޖެއިން ވަނީ 3 މީހެއް ނިޔާވެފައެވެ.

ރާއްޖެއިން މިއަދު ފުރަތަމަ ނިޔާވީ ހެނދުނު 11:17ގައި ދ. ބަނޑިދޫގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ ފިރިހެނެކެވެ. އެއަށްފަހު މިއަދު ހަވީރު 4:30ގައި އައިޖީއެމްއެޗުގެ އީއާރުއަށް ގެންދިޔަ ސްރީލަންކާގެ 37 އަހަރުގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ. އަދި މިއަދު ހަވީރު 4:30 ހާއިރު ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ 77 އަހަރުގެ އަންހެނެއްވެސް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 177 މީހުން ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 ބިދޭސީންނާއި 160 ދިވެހިންނެވެ.