ދުނިޔޭގެ ވިޔަފާރި

ދުނިޔޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް މައްޗަށް


މުޅި ދުނިޔެއިން ވަޒީފާނެތް މީހުންގެ ޢަދަދު ގާތްގަޑަކަށް 205 މިލިއަނަށް އަރައި 2022 ވަނަ އަހަރު ދުނިޔޭގެ ވަޒީފާނެތް މީހުންގެ ނިސްބަތް 5.7 އިންސައްތައަށް އަރާނެކަމަށް އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ބުނެފިއެވެ.

2019 ވަނަ އަޅާބަލާއިރު މުޅިދުނިޔެއިން އިތުރު 108 މިލިއަން މަސައްކަތްތެރިންވަނީ ފަޤީރު އަދި ވަރަށް ބޮޑަށް ފަޤީރުވެފައިވާ މީހުންގެ ގޮތުގައި ދަރަޖަ ކުރެވިފައެވެ. މީގެ މާނައަކީ ފަޤީރުކަން ނައްތާލުމަށް މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މާބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން ފަޤީރުކަން ނައްތާލުމަށް ޔޫއެން އިން ކަނޑައަޅާފައިވާ "ސަސްޓެއިނެބަލް ޑިވެލޮޕްމަންޓް ގޯލް" މަތިން ހަނދާނެތިފައިވާކަން ކަމުގައިވެސް ލޭބަރ އޮގަނައިޒޭޝަނުން ބުނެއެވެ.

ވޯރލްޑް އެމްލޯއިމަންޓް އެންޑް ސޯޝަލް އައުޓްލުކްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ވަޒީފާނެތް މީހުން އިތުރުވުމާއި ގުޅިގެން 2023 އަންނަންވާއިރު ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ފުދޭވަރަށްވެސް މަސައްކަތްތެރިން ނުތިބޭނެއެވެ. އަދި ކާރިސާތަކާއި ހެދި ވަޒީފާއެއްނެތް މީހުންގެ ޢަދަދު 2022 ވަނަ އަހަރު 23 މިލިއަނަށް އިތުރުވުމުގެ ކުރިން މިޢަދަދު މިއަހަރު 75 މިލިއަނަށް އިތުރުވާނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން މަދު ވަގުތުކޮޅަކަށް މަސައްކަތްކުރަންޖެހޭ މީހުންވެސް އިތުރުވެގެންދާނެކަމަށާއި މިއީވެސް ވަޒީފާއެއް ނެތުން ކަހަލަ ކަމެއްކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

ކާރިސާއާއި ގުޅިގެން ވަޒީފާނެތް މީހުން ގިނަވުމުގެ މައިގަނޑު ސަބަބުތަކަކީ ފައިދާހުރި ގޮތެއްގައި މަސައްކަތްތެރިންގެ ބޭނުން ނުހިފުމާއި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްވުން ކަމުގައި ރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން މިއަހަރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ލެޓިން އެމެރިކާ، ކެރީބިއަން، ޔޫރަޕް އަދި ސެންޓްރަލް އޭޝިއާގެ ޤައުމުތަކަށެވެ.

ކޯވިޑްގެ ބަލިމަޑުކަން އިތުރަށް ގޯސްވެގެން ނުދާނެކަމަށް ވިސްނައި މިއަހަރުގެ ދެވަނަ ކުއަޓަރގައި ވަޒީފާތައް އިތުރުވެގެން ދާނެކަމަށާއި ނަމަވެސް ހަމަކަމާއެކު ވެކްސިން ނުދެވުމާއި ބައެއް ޤައުމުތަކުގެ އިޤްޠިޞާދު މިފަދަ ކަމަކަށް އެހީވެދެވޭ ވަރަށްވުރެ ދަށަށް ގޮސްފައިވުމުގެ ސަބަބުން ޤައުމުތަކުގައި ވަޒީފާތައް އިތުރުވެގެން ނުދިއުން އެކަށީގެންވާކަމަށް އައިއެލްއޯއިން ބުނެއެވެ.

މީގެ އިތުރުން ދުނިޔޭގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް މިދިޔަ އަހަރު 8.7 އިންސައްތައަށް މަތިވެފައިވާއިރު މެދު މިންވަރެއްގެ ޢާމްދަނީއެއް ލިބޭ ޤައުމުތަކުގައި މި ނިސްބަތް މަތިވެފައިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.