ޚަބަރު

ނަބާހާއަށް އޮލިމްޕިކްސްގެ ފުރުސަތެއް


ބެޑްމިންޓަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބެޑްމިންޓަން ކުޅުންތެރިންއަކަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ފާތިމަތު ނަބާހާއަށް ލިބިއްޖެއެވެ.

މީގެ ކުރިން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމްގެ ކުޅުންތެރިއަކަށް މިފުރުސަތު ލިބިފައިނުވާއިރު، 2012ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައި މުހައްމަދު އަޖުފާންވަނީ ވާދަކޮށްފައެވެ. 2012 ވަނަ އަހަރު އަދި މިއަހަރު ނަބާހާއަށް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ ޓްރައިޕާޓައިޓް ސްލޮޓެއްގައެވެ. މިފުރުސަތު ނަބާހާއަށް ލިބުނީ ބައިނަލްއަޤްވާމީ ރޭންކިންގައި ނަބާގެ ޕޮއިންޓްގެ އިތުރުން އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީންތަކާއި އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އިންޓަރނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރި މަސައްކަތުންނެވެ.

ނަބާހާއަށް މިލިބުނު ފުރުސަތާއި ގުޅޭގޮތުން އަޖުފާން ރަޝީދުބުނީ މިއީ ނަބާ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ އަންހެން ބެޑްމިންޓަން ކުޅުންތެރިންނަށްވެސް އެންމެ މަތީ ފަންތީގައި ކުޅެވޭނެކަން ކަމަށާއި މިއީ ނަބާއަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ.

އިންޓަރނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަން ޤަބޫލްކުރާ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ ދެ ރަން މެޑަލް ހޯދާދީފައިވަނީވެސް ނަބާހާއެވެ. އެއީ 2019ވަނަ އަހަރު ޕާކިސްތާންގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަރނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލްއެވެ.