ކުޅިވަރު

ގއ.ދާންދޫ އާއި ދެއްވަދޫ ދަނޑުގެ ސަބް ބޭސް އެޅުމަށް މިޓާޒްއާ ހަވާލުކޮށްފި


ގއ.ދާންދޫ އާއި އެއަތޮޅު ދެއްވަދޫ ދަނޑުގެ ސަބް ބޭސް ހެދުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކުރަމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ގއ.ދާންދޫ އާއި ގއ.ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމަށް ހަވާލުކޮށްފައި ވަނީ މިޓާޒް ޕްރައިވެޓް ލިމިޓެޑާއެވެ.

ދެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ހަވާލްކުރުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ.

ގއ.ދެއްވަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މިލިޔަން ތިން ލައްކަ އެއް ހާސް ނުވަސަތޭކަ އަށްޑިހަ އަށް ރުފިޔާއަށެވެ. އަދި ދާންދޫގެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ކުރުމަށް ހަވާލްކޮށްފައި ވަނީ ދެ މިލިޔަން ތިން ލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ހަތް ރުފިޔާއަށެވެ. މި ދެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ވެސް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައެވެ.

މިސަރުކާރުން 100 ރަށުގައި ފެންވަރު ރަގަނޅު ފުޓްބޯޅަ ދަނޑު އެޅުމަށް ވީ ވައުދުގެ ތެރެއިން މިހާތަނަށްވަނީ 10 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފްއަޅާ ނިމިފައެވެ. އަދި ގިނަ ރަށްރަށުގެ ދަނޑުތަކުގެ ސަބް ބޭސްގެ މަސައްކަތްނިމި، ޓާފް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އަނެއްބައި ރަށްރަށަށް ޔޫތް މިނިސްޓްރީއން ވަނީ ޓާފް ފޮނުވާފައެވެ.