ޚަބަރު

އީރާނުގެ އެންމެ ބޮޑު މަނަވަރު ފެތިއްޖެ


އީރާނުގެ ކަނޑުގެ ސިފައިން ބޭނުންކުރަމުންދިޔަ އެންމެ ބޮޑު މަނަވަރުކަމަށްވާ ޚާރިކުގައި އަލިފާން ރޯވުމަށްފަހު ފެތިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަނަވަރުގައޮ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް 20 ގަޑިއިރުވަންދެން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. އަދި ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން މަނަވަރުވަނީ ފެތިފައެވެ. މަނަވަރުގައި ރޯވީ އީރާނުގެ ކަނޑުގެ ސިފައިން ތަމުރީނުތަކެއް ފުރިހަމަކުރަމުންދަނިކޮށެވެ. ނަމަވެސް މަނަވަރުގައި ތިބި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އީރާނުގެ އެންމެ ބޮޑު މަނަވަރުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

1977ވަނަ އިނގިރޭސިވިލާތުގައި ބަނދެފައިވާ މަނަވަރު ފަހަކަށް އައިސް ބޭނުންކޮށްފައިވަނީ ތަފާތު އަސްކަރީ ތަމުރީނުތަކުގައެވެ.