މުނިފޫހިފިލުވުން

އަރުޖުން ބޮޑު ގެއެއް ގަނެ ލޯބިވެރިޔާގެ އަވައްޓެރިއަކަށް


މީގެ މަހެއްހާ ދުވަސްކުރިން އަގުބޮޑު ކާރެއް ގަތުމަށްފަހު ބޮލީވުޑް ތަރި އަރުޖުން ކަޕޫރު މިހާރު މިވަނީ މުމްބާއީ ގެ ކޯސްޓަލް އޭރިއާ ބެންޑްރާއިން އަގުބޮޑު ސްކައި ވިލާ އެއް ގަނެފައެވެ. އަތިރިމަތީގެ ހިތްގައިމު މަންޒަރު ފެންނަ ގޮތަށް ހުރި މި ގޭގެ އަގަކީ 20 ނުވަތަ 23 ކްރޯޑް ރުޕީސް ކަމަށް ޚަބަރުތައް ބުނެއެވެ.

ލޭންޑް ރޯވަރ ޑިފެންޑަރ ކާރުގެ އަގު ވެސް 1 ކުރޯޑް ރުޕީސް އަރާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން އެންމެ ފަހުން އަރުޖުން ގަތް މި ގެއަކީ 26 ބުރީގެ ގެއެކެވެ. ބަޠަލާ ސޮނާކްޝީ ސިންހާވެސް ވަނީ ވަރަށްފަހުން މި ތަނުން ގެއެއް ގަނެފައެވެ.

މިއާއެކު އަރުޖުން މިހާރު ވެފައިވަނީ ލޯބިވެރިޔާ މަލައިކާ އަރޯރާގެ އަވަށްޓެރިއަކަށެވެ. މަލައިކާ ވެސް އުޅެނީ މިތަނުން ގެއެއް ގަނެގެންނެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ޝާހުރުކު ޚާން، ސަލްމާން ޚާން، ކަރީނާ ކަޕޫރު އަދި ރަންބީރު ކަޕޫރުވެސް މި ވަނީ އަރުޖުންގެ އަވަށްޓެރިންނަށް ވެފައެވެ.

އަރުޖުން އާއި މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށް ޚަބަރުތައް ބުނާއިރު މިކަމަށް ދެމީހުން ވެސް އެއްބަހެއް ނުވެއެވެ. ނަމަވެސް ދާދިފަހުން އަރުޖުން ދިން އިންޓަރވިއުއެއްގައި އަރުޖުން ވަނީ މި ވާހަކަތައް ކޮންމެވެސް ވަރަކަށް ދައްކާފައެވެ. އަދި އޭނާ އަކީ ޒާތީ ދިރިއުޅުމުގެ ވާހަކަ މާބޮޑަށް މީޑިއާގައި ދައްކާ މީހެއް ނޫންކަމަށްވެސް އަރުޖުން ބުނެއެވެ. މަލައިކާގެ ކުރީގެ ފިރިމީހާ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާން އަށް މަލައިކާ ގެ ފިރިހެން ދަރިއަކުވެސް ހުރެއެވެ.