ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މަރުވެއްޖެ


އިއްޔެ އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ ފަރުވާދެމުންދިޔަ ކުއްޖާ މަރުވެއްޖެއެވެ.ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އުމުރުން 17 އަހަރުގެ އަހަރުގެ ނަވާލު މުޙައްމަދު މަރުވެފައިވަނީ ރޭ ދަންވަރުގެ ދެގަޑި ބައި އެހާކަންހާއިރުކަމަށެވެ. ނަވާލު މަރުވީ އިއްޔެ ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. މި އެކްސިޑެންޓްގައި އިތުރު ޒުވާނަކަށްވެސް އަނިޔާވެފައިވެއެވެ. އެހެންނަމަވެސް އޭނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.