ޚަބަރު

އިންތިޚާބުގައި ވާދަކުރައްވާ އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަޤާމުން ވަކިކޮށްފި


ޖޫން މަހުގެ 18ވަނަ ދުވަހު ބާއްވައި އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިންމަތީ މަޤާމުން ވަކިކޮށްފިއެވެ.

އިރާނުގެ ރިޔާސީ އިންތިޚާބުގައި ވާއްދަކުރައްވައި 7 ބޭފުޅުންގެ ތެރޭގައި 2018ވަނަ އަހަރު މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަނުކޮށްފައިވާ ހިންމަތީ ހިމެނިވަޑައިގަންނަވައެވެ. އިންތިޚާބުގެ ކުރިން އޭނާ މަޤާމުން ވަކިކުރައްވަން އީރާނުގެ ރައީސް ޙަސަން ރޫޙާނީ ނިންމެވީ ވެރިކަމަށް ވާދަކުރައްވައި ބޭފުޅަކު ގަވަރުނަރުގެ މަޤާމުގައި ހުންނެވުމުން މާލީ ކަންކަމަށް އަސަރުކޮށް ފައިސާގެ އަގާއި ސިޔާސަތުތަކަށް އަސަރުކުރާނެކަމަށް ވިދާޅުވެއެވެ. ހިންމަތީވަނީ ރައީސްގެ ނިންމެވުން ބަލައިގެންފައެވެ. އަދި އިންތިޚާބުގެ ކުރިން މަޤާމުން އެއްފަރާތްވާންޖެހޭނެކަން ޤަބޫލުކުރައްވައިކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރިޔާސީ އިންތިޚާބުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ އަދި ޚާރިޖީ ކަންކަމަށް އަސަރު ކުރާނެކަމަކަށް ނުބެލެވެއެވެ. އީރާނުގައި ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ބައްލަވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި ގުޅުންހުރި ކަންކަމެވެ. އެ ޤައުމުގެ އަދުލުއިންޞާފުގެ ދާއިރާއާއި ސަލާމަތީ ބާރުތަކާއި އިޤްތިޞާދާ ގުޅުންހުރި ކަންކަން ބަލަހައްޓަވަނީ އެ ޤައުމުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީއެވެ.