ޚަބަރު

ކޯވިޑް-19 : އޭދަފުށިން އިތުރު މީހަކު ނިޔާވެއްޖެ


ބ. އޭދަފުށިން މިއަދު ނިޔާވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

77 އަހަރުގެ މިމީހާއަކީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހާ ނިޔާވުމާ ގުޅިގެން ހެދި ސާމްޕަލް ނަތީޖާ ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. މިއީ ބ.އަތޮޅުން ކޯވިޑަށް ބަލީގައި ނިޔާވި 3 ވަނަ މީހާއެވެ. އަދި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 158 ވަނަ މީހާއެވެ.

ބ.އަތޮޅުން އެންމެ ފުރަތަމަ ކޯވިޑް ބަލީގައި ނިޔާވި މީހަކީ އެއަތޮޅު ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ނިޔާވި މީހެކެވެ. ދެވަނަ މީހާ މަރުވީ މިމަހުގެ 10 ވަނަ ދުވަހު އޭދަފުށިންނެވެ. މި ދެމީހުން ވެސް ނިޔާވުމުން ހެދި ޓެސްޓްތަކުންވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.