ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ - މެޓް


ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕް ފަދަ ތަކެތި ހުރީ ރަގަޅަށްތޯ ބެލުމަށް ސަމާލުވުމަށާ، ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ވިއްސާރައިރު ރޭގަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަނދަވެ ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.