އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭ އޮފްގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ވޮޝިންގޓަން ވިޒަޑްސް އާއި ދެމެދު ކުރިއަށްދާ ސީރީޒްގައި ސިކްސަރސްއިން ދެމެޗްގެ ލީޑެއް ނަގައިފިއެވެ. މިދެ ޓީމްގެ މެދުގައި ކުޅުނު ދެވަނަ މެޗް ސިސްސަރސް ކާމިޔާބުކުރީ 120 ޕޮއިންޓް 95 ޕޮއިންޓުންނެވެ.
މިމެޗްގައި ސިސްސަރސްގެ ބެން ސައިމަންސްވަނީ 22 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ބްރެޑްލީ ބީލްވަނީ 33 ޕޮއިންޓް ހޯދާދީފައެވެ.
މިމުބާރާތުގެ ޕްލޭ އޮފްގައި ނިއުޔޯކް ނިކްސް އާއި އެޓްލާންޓާ ހޯކްސްގެ މެދުގައި ކުޅެމުންދާ ސީރީޒްގައި ދެވަނަ މެޗް ނިކްސް ކާމިޔާބުކޮށް އެއްމެޗް އެއްމެޗުންވަނީ އެއްވަރުކޮށްފައެވެ. ދެވަނަ މެޗް ނިކްސް ކާމިޔާބުކުރީ 101 ޕޮއިންޓް 92 ޕޮއިންޓުންނެވެ. މިމެޗްގައި ނިކްސްގެ ޑެރިކް ރޯސް ވަނީ 26 ޕޮއިންޓް ހޯދައިދީފައެވެ. އަދި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 30 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ކޮށްފައެވެ.
ޔޫޓާ ޖޭޒް އާއި މެމްފިސް ގްރިޒްލީސްގެ މެދުގައި ކުޅެމުންދާ ޕްލޭ އޮފް ސީރީޒްގެ ދެވަނަ މެޗް ޖޭޒް ކާމިޔާބުކޮށް މިސީރީޒް އެއްމެޗް އެއްމެޗުން އެއްވަރުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 141 ޕޮއިންޓް 129 ޕޮއިންޓުންނެވެ. މިމެޗްގައި ޖޭޒްގެ ރޫޑީ ގޮބަރޓް ވަނީ 21 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާފައެވެ. އަދި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 47 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ކޮށްފައެވެ.