މާލޭގެ ގެއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ. އަލިފާން ރޯވެފައިވަނީ މއ. މޯނިންގެ ވިއުގެ ތިންވަނަ ފަންގިފިލާގައެވެ،. މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހު 05:00 ގައިކަމަށް އެމްއެންޑީއެފުން ވިދާޅުވއެވެ. މިގޭގައި ރޯވި އަލިފާނޑުގެ ކޮންޓްރޯލްކޮށް ނިއްވާލެވުނީ ގާތްގަޑަކަށް ގަޑިއިރެއްހާއިރު ފަހުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވި ވަގުތު އެގޭގައި މީހުން ތިބިކަމަށާއި އަލުފާނުގެ ހާދިސާ ހިންގުމުން އެމީހުން އެތަނުން ބޭރަށް ނުކުމެފައިވާކަމަށެވެ. އަދި ބޭރަށް ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި އަލިފާނުގެ ހާދިސާގައި މއ.މޯނިންވިއުގެ ދެ ފަންގިފިލާ ވަނީ ބޭނުންނުކެރެވޭ ވަރަށް ހަލާކުވެފައެވެ. މި ހާދިސާ ހިނގުމާއި އެކު ޑިފެންސް މިނިސްޓަރ މަރިޔާ އަހްމަދު ދީދީ އެސަރަހައްދަށް ވަޑައިގެން ގެއްލުނު ލިބުނު މީހުންގެ ހާލުވަނީ ބައްލަވާފައެވެ. އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން މީހުންގެ ހާލު ބައްލަވާފައެވެ.
މި ހާދިސާގައި ގެއްލުންވި އާއިލާތައް މި ވަގުތު ވަނީ ގިޔާސުއްދީނަށް ސްކޫލަށް ބަދަލުކޮށްފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ އެންޑީއެމްއޭއިން ހާދިސާ ހިނގި ސަރަހައްދަށް އައިސް ގެއްލުނު ލިބުނު އާއިލާތަކުގެ މައުލޫމާތުތައް އެއްކޮށް އެފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ހާދިސާ ހިނގުމުން އެތަނަށް ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހާޒިރުވީ ލަސްކޮށްކަމަށެވެ. އަދި އެކަމާއި ކަންބޮޑުވުން މުއިއްޒު ވަނީ ފަޅުކުރައްވާފައެވެ.
އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ޓީމުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނުތާ ދެ މިނެޓް ތެެރޭގައި އެ ސަރަހައްދަށް އެޓެންޑްވެފައިވާކަމަށެވެ. އަދި މިއަދުގެ އަލިފާނުގައި ހާދިސާގައިވެސް އަމަލުކުރީ އެހެނިހެން އަލިފާނުގެ ހާދިސާގައިވެސް ރިޕޯޓް ލިބުމުން އަމަލުކުރަމުން އަންނަ އުސޫލުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގި ގޭގެ މެމްބަރެއް ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ މި ގޭގައި އުޅެނީ އާއިލީ މެމްބަރުންކަމަށާއި ގޭގައި 40 ހަކަށް މީހުން އުޅެނޭކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިނޭގޭކަމަށް އެނާ ބުނެއެވެ.
އެމްއެންޑީއެފްގެ ފަޔަރ ޓީމުންދަނީ އަލިފާން ރޯވި އިމާރާތައް ވަދެ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރި ސަބަބެއް މިހާތަނަށް އަދި ސާފެއް ނުވެއެވެ.