ވިޔަފާރި

ހުޅުމާލޭގައި އަންނަ މަހު ނައިޓް މާކެޓެއް ބާއްވަނީ


އަންނަ މަހުގެ 10- 19 އަށް
ހުޅުމާލޭގައި ނައިޓް މާކެޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން
ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހާމަކޮށްފިއެވެ.



ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނައިޓް މާކެޓުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކޯޕަރޭޝަންގެ މުނިސިޕަލް ޑިޕާޓްމަންޓުން
ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.



އެޗްޑީސީ އާއި ދިވެހި
ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވާ މި ނައިޓް މާކެޓުގައި ޖުމްލަ
206 މޭޒު ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭނީ 10 ފޫޓް 10
ފޫޓުގެ މޭޒާއި 20 ފޫޓާއި 15 ފޫޓުގެ މޭޒު ކަމަށް އެޗްޑީސީން ހާމަކުރެއެވެ.



މި މޭޒުތަކުގެ އިތުރުން މިނައިޓް މާކެޓްގައި ދެ ކެންޓީންވެސް ހުންނާނެ
ކަމަށް އެޗްޑީސީން ހާމަކުރެއެވެ.