ޚަބަރު

އެމް.އެން.ޑީ.އެފުން ވިލިމާލޭގައި މިއުޒިކަލް ޑްރިލް އެއް ބާއްވަނީ


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް -އެމް.އެން.ޑީ.އެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާދަމާ ވިލިމާލޭގައި ބާއްވާގޮތައް ހަމަޖެހިފައިވާމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.މި ޑްރިލް ޑިސްޕްލޭ ވިލިމާލޭގައި ބާއްވާގޮތައް ހަމަޖެހުނީ އާއްމު ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ އެދުމުގެ މަތިންކަމަށް އެމް.އެން.ޑީއެފުން މަޢުލޫމާތުދެއްވައެވެ.އަދި މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ މާދަމާ ހަވީިރު 5:00 އަދި 5:30ގައި ވިލިމާލޭގެ ބަނދަރު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީއެފުން މަޢުލޫމާތުދެއްވައެވެ.ޖުމުހޫރީ ދުވަހާއި ގުޅިގެން މާލެއާއި ހުޅުމާލޭގައި އެމްއެންޑީއެފުން ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް އާންމުންނާއި ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަމަށް ވެސް އެން.އެން.ޑީއެފުން މައުލޫމާތުދެއްވައެވެ.