ވިޔަފާރި

ކެމްޕީނާ ފްރުއްޓީސް ޔޯގަޓްގެ ނަން ރީބްރޭންޑް ކޮށްފި


ބީ.އެޗް.އެމް ޓްރޭޑަރސް އިން ރާއްޖޭގައި މާކެޓްކޮށް ވިއްކަމުންދިޔަ ކެމްޕީނާ ފްރުޓީސް ޔޯގަޓްގެ ނަން ޑަޗްލޭޑީ ކްރީމީގެ ނަމަށް ބަދަލުކޮށް ބާޒާރަށް ނެރެފިއެވެ.މިކަމަށްޓަކައި ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ޔޯގަޓްގެ އައު ނަން ތަޢާރަފްކޮށްދެއްވީ ބީއެޗްއެމް ކުންފުނީގެ ވެރިޔާ މޫސާ ހުސައިނެވެ.މި ބާވަތުގެ ޔޯގަޓްގެ ތިން ރަހައެއް މީގެކުރިން އެކުންފުނިން ވިއްކާފައި ވާއިރު، އައު ނަމުގައިވެސް މި ތިންރަހައިގެ ޔޯގަޓް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.ރޭގެ މި ރަސްމިއްޔާތުގައި، ޑަޗްލޭޑީގެ އުފެއްދުންތައް އުފައްދާ ނެދަލޭންޑްގެ، ފްރައިޒްލޭންޑް ކެމްޕީނާ ކުންފުނީގެ މާކެޓިންގ އޮފިސަރ މެނޯ ވެން އާލިސްޓް ވެސް ވަނީ ބައިވެރިވެފައެވެ.