ތަޢުލީމު

ދިރާގުގެ ސްމާޓް ޓީޗިންގ އިން ޔުނިވާސިޓީގެ ކެމްޕަސްތައް ގުޅާލައިފި


ދިރާގު ސްމާޓް ޓީޗިންގ ޚިދުމަތުގެ އެހީގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ގުޅުވާލައިފިއެވެ.ޤައުމީ ޔުނިވަރސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ތަޢާރަފް ކުރުމަށްފަހު، އަތޮޅުތެރޭގެ ރަށްތަކުގެ ކެމްޕަސްތަކާއި އެކު ވަނީ ކްލާހެއްވެސް ކުރިއަށްގެންގޮސްފައެވެ.މި ޚިދުމަތުގެ އެހީގައި އަތޮޅުތެރޭގެ ރަށްތަކުގެ ކެމްޕަސް ތައް ކަމަށްވާ ހދ.ކުޅުދުއްފުށީ ކެމްޕަހާއި، ލ.ގަމު ކެމްޕަހާއި، ގދ.ތިނަދޫކެމްޕަހުގެ އިތުރުން ސ.ގަމު ކެމްޕަހުގެ ދަރިވަރުންނަށް މާލޭގައި ކުރިއަށްދާ ލެކްޗަރތަކުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. މި ޚިދުމަތުގެ ސަބަބުން ޔުނިވަރސިޓީގައި މުޅިން އައު ކޯސްތަކެއް ތަޢާރަފްކުރެވި، ޔުނިވަރސިޓިގެ ހުރިހާ ކެމްޕަސްތަކެއްގައި އެކޯސްތައް ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެންދާނޭކަމަށްވެސް ދިރާގުން މަޢުލޫމާތުދެއެވެ. ދިރާގުން، ދިވެހި ޤައުމީ ޔުނިވަރސިޓީއަށް މި ޚިދުމަތް ފޯރުކޮށްދެމުންދާނީ އެ ކުންފުނީގެ ޢާންމު ޢިޖްތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.