ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް އައިޝަތު ބިސާމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި
ފުރުސަތުގައި އެމަގާމަށް ހުށަހަޅުއްވާފައިވަނީ އައިޝަތު ބިސާމްގެ ނަންފުޅު އެކަނިކަމަށެވެ.
ރައީސް ޑރ މުހައްމަދު ވަހީދްގެ
ވެރިކަމުގައި ބަންޑާރަ ނައިބްކަންވެސް ކުރައްވާފައިވާ އައިޝަތު ބިސާމް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް ސެކްރެޓަރީގެ މަގާމްގައެވެ.
ޕިޖީގެ މަގާމަށް ނަން ހުށަހެޅުމަށް ހުޅުވާލީ އެމަގާމުގައި ކުރިން ހުންނެވި މުހުތާޒް މުހުސިންގެ އިތުބާރު ނެތްކަމަށް
މިމަހުގެ ދިހަވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުން ފާސްކޮށް އެނާ އެމާގާމުން
ވަކިކުރެއްވުމުންނެވެ.
މުހްތާޒް މުހުސިންގެ އިތުބާރު
ނެތްކަމަށް މަޖިލީހުން ފާސްކޮށް އެ މަގާމުން އެނާ ވަކިކޮށްފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ބައެއް މީހުންގެ ދިފާއީ
ވަކީލުންނާއި ބައްދަލުކުރެއްވުމާއި ވަކި ފަރާތަކަށް މަންފާ ހޯދައިދެއްވުމަށް މަސައްކަތްކުރައްވާކަމަށް
ބުނެއެވެ.