ކުޅިވަރު

އެއް ވޯޓްގެ ތަފާތުން ރާއްޖެއިން ހުށައެޅި ބަދަލު ފާހެއް ނުވި



ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ބެޑްމިންޓަނަށްގެ ސްކޯރިންނަން ގެންނަން އުޅުނު ބަދަލު ފާހެއްނުވިއެވެ. އޭޝިޔާގައި އެންމެ މަގްބޫލް އެއް ކުޅިވަރުކަމިގައިވާ، ބެޑްމިންޓަންގެ ސްކޯރިންއަށް ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ގެންނަން އުޅުނު ބަދަލު ފާސްނުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ބެޑްމިންޓަންގެ ވޯލްޑް ފެޑެރޭޝަންގެ އާންމު ޖަލްސާގައި ރާއްޖެއާއި އިންޑޮނޭޝިޔާ ގުޅިގެން ހުށައެޅި ސްކޯރިން ފޯމެޓަށް ލިބިފައިވަނީ 66.31 ޕަސެޓް ވޯޓެވެ. މި އާ ސްކޯރިން ފޯމެޓް ފާސްވުމަށް ބޭނުންވަނީ 67 ޕަސަންޓު ވޯޓެވެ. އެއް ވޯޓް އިތުރަށް ލިބުނު ނަމަވެސް މިއާ ސްކޯރިން ފޯމެޓް ފާސްވީހެވެ. އާ ސްކޯރިން ފޯމެޓްގައި ސެޓެއް ނިމެނީ 21ގެ ބަދަލުގައި 11 އިންނެވެ. އަދި މެޗްތައް ކުޅޭނީ ބެސްޓް އޮފް ފައިވްއަށެވެ. މެޗެއްގައި 11ގެ ފަސް ސެޓް ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުން މޮޅުވާނީ 3 ސެޓް ހޯދައިގެންނެވެ. މިއާ ސްކޯރިން ފޯމެޓް ކާމިޔާބުކުރުމަށް ރާއްޖޭގެ ބެންޑްމިންޓަން އެސޯސިއޭޝަނާއި އިންޑޮނޭޝިޔާގެ ބެންޑްމިންޓަން އެސޯސިއޭޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަން ފާހަގަކޮށްލެވެއެވެ.

ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު މީގެ ކުރިން ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނަށް ހުށައެޅި ސްކޯރިންގެ ބަދަލުގެ ސަބަބުން ބެޑްމިންޓަނަށް ބޮޑު ބަދަލެއް އަންނާނެކަމަށާއި މިކަމުގެ ސަބަބުން ބެޑްމިންޓަން އިތުރަށް ފުޅާވެ، ބެޑްމިންޓަނަށް ލޯބިކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށެވެ.

މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.