ޚަބަރު

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މަރެއް، ޖުމްލަ މަރު 121އަށް


ކޯވިޑް 19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 48 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު މެންދުރު 12:02 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވީ 121 ވަނަ މީހާއެވެ. ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 106 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިހިނގަމުންދާ މޭމަހަކީ ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި މަހަށްވާއިރު، މިމަހުގެ މިހާތަނަށް 48 މީހުން ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.