ޚަބަރު

އިސްލާމީ އިޤްތިސާދު ކިޔަވައިދޭ ފެކަލްޓީއެއް އުފައްދަނީ


އިސްލާމިކް އިޤްތިސާދު ކިޔަވައިދޭ ފެކަލްޓީއެއް އަންނަ އަަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި އުފައްދާ ކިޔަވައިދޭން ފަށާނެ ކަމަށް ދިިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ހާމަކުރައްވައިފިއެވެ.އިސްލާމިކް ޔުނިވަރިސިޓީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުނިވަރސިޓީގެ ވައިސް ޗާންެސެލަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވީ، 2016 ގައި އިސްލާމީ އިޤްތިސާދު ކިޔަވައިދޭ ފެކަލްޓިއެއް އެ ޔުނިވަރސިޓީގައި އުފައްދާ އިސްލާމިކް ބޭންކިންގއާއި އިސްލާމީ އިޤްތިސާދާ ގުޅޭ ދާއިރާތާކުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މަތީ ތައުލީމަށް އަރަބި ބަހުން ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑރ ޝަޙީމް ވިދާޅުވި އެވެ. ވައިސް ޗާންސެލަރ ވދާޅުވީ، އިސްލާމިކް ޔުނިވަރސިޓީ، ޔުނިވަރސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެހީތެރިވެދިނުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަމަށް މިހާރު އެދިފައިވާ ކަމަށެވެ. މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި، ޔުނިވަރސިޓީއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށްވެސް ވައިސް ޗާންސެލަރ ވަނީ ވިދާޅުވެފައިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޒާޙިރު ޙުސައިން ވިދާާޅުވީ، އިސްލާމިކް ޔުނިވަސިޓީއެއް ހުޅުމާލޭގައި އެޅުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެވެމުންދާ ކަމަށެވެ.އިސްލާމިކް ޔުނިވަރސިޓީގައި 2196 ދަރިވަރިން ތައުލީމް ޙާސިލްކުރަމުންދެ އެވެ.އަދި 2016 ގައި 800 ދަރިވަރުންނަށް އެކި ކޯސްތަކަށް ވަނުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ.