ޚަބަރު

ލޭ ހޯދުމަށާއި ލޭ ހަދިޔާކުރުމަށް އެޕްލިކޭޝަނެއް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްލަޑް ޑޮނޭޝަން އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ."ވިންދު'ގެ ނަމުގައި ދިވެހި ދެ ޒުވާނަކު ތައްޔާރުކުރި މި އެޕްލިކޭޝަން ސްޕޮންސަރ ކޮށްފައިވަނީ އެލައިއިޑް އިންޝުއަރެންސް އިންނެވެ.  އެ އެޕް ތަރާރަފްކުރުމަށް އެލައިޑް އިންޝުއަރެންސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މާކެޓިންގ ކޮންސަލްޓަންޓް ނިއުޝާދު ޝަރީފް ވިދާޅުވީ، އެލައިޑުން މި އެޕްލިކޭޝަން ސްޕޮންސަރ ކުރުމުގެ އެންމެ  ބޮޑު ބޭނުކަމީ މި އެޕްލިކޭޝަނަކީ މުޖުތަމައުއަށް ނުހަނު ފައިދާހުރި އެޕްލިކޭޝަނަކަށް ވާތީކަމަށެވެ.މި އެޕްލިކޭޝަންގެ އެހީގައި މުޖުތަމައުގައި ދިރިއުޅޭ އެކިއެކި ފަރުދުންނަށް ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު، މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމުން އެމަޖެންސީކޮށް ލޭ ބޭނުންވާ ހާލަތްތަކުގައިވެސް އެކަން އެނގިގެންދާނެކަމަށް ނިއުޝާދު ވިދާޅުވިއެވެ.ވިންދު އެޕްލިކެޝަނަކީ މިދިޔަ އަހަރު ބޭއްވި ކިކްސްޓާޓް ހެކަތޯންގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަގްބޫލްކަން ލިބުނު އުފެއްދުމެވެ. ކިކްސްޓާޓް ހެކަތޯންއަކީ ރާއްޖޭގައި ދިރިއުޅޭ ހުނަރުވެރި ޑިވަލޮޕަރުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަހަރުގެ ކިކްސްޓާޓް ހެކަތޯންވެސް ސްޕޮންސަރ ކޮށްފައިވަނީވެސް އެލައިޑް އިންސިއުރެންސްއިންނެވެ.  މެދުކެނޑުމެންނެތި ސައުވީސް ގަޑިއިއަށް ކުރިއަށްދާ މި ހެކަތޯން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތާވީހުން އަށާވީހަށެވެ. މިހެކަތޯންގައި އެއްތަނެއްގައި ތިބެގެން ސޮފްޓްވެއަރ އަދި ހާޑްވެއަރގެ އާ އީޖާދުތައް އުފެއްދުމުގެ ފުރުސަތު ލިބިގެންނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.