ސިވިލް ސަރވިސްގެ
ވަޒީފާތަކުގެ ދައިރާތަކާއި އެދާއިރާތަކުގައި ހިމެނޭ މަޤާމުތައް އަދި އެ
ދާއިރާތަކާއި ގުޅޭ ތަޢުލީމީ ރޮނގުތައް އެކުލަވާލާފައިވާ މެނުއަލްއެއް ސިވިލްސަރވިސް
ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އެކޮމިޝަނުން ބުނީ
ސިވިިލްސާރވިސްގެ މަގާމުތަކުގެ ދާއިރާތައް
ކަނޑައަޅާނީ އަދި ސިވިލްސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި މަޤާމުތަކަށް
ބޭނުންވާ ތަޢުލީމީ ރޮނގުތައް ކަނޑައަޅާނީ އެކޮމިޝަނުން ކަނޑައަޅާފައިވާ
މެނުއަލްއަށް ބެލުމަށްފަހުގައިކަމަށެވެ. އަދި ވަޒީފާތަކުގެ އޮނިގަނޑުތައް
އެކުލަވާލެވޭ މިންވަރަކުންނާއި އިިތުރު ދިރާސާތަކަށް ރިޢާޔަތްކުރުމަށްފަހު މި
މެނުއަލް އިސްލާހްކުރަމުންދާނެކަމަށެވެ.
މި މެނުއަލް
އެކުލަވާލެވިފައިވަނީ މި ވަގުތު ސިވިލްސާރވިސްގައި ހިމެނޭ މަޤާމްގަތަކާއި އެ
މަޤާމުތަކަށް މީހުން ހޮވުމުގައި މިހާރު ބަލަމުންދާ ތައުލީމީ ރޮނގުތައް ދިރާސާކުރުމަށްފަހުގައެވެ. އެހެންކަމުން ސިވިލްސާރވިސްގައި ހިމެނޭ އެކިއެކި ވަޒީފާތަކުގެ
އޮނިގަނޑުތައް އެކުލަވާލެވެމުންދާ މިންވަރަށާއި މަސައްކަތަށް އަންނަ ބަދަލުތަކާއި
ގުޅިގެން މި މެނުއަލްއަށްވެސް ބަދަލު ގެނެވެމުންދާނެކަމަށް ސީއެސްސީން ބުނެއެވެ.
މި މެނުއަލް
ބޭނުން ކޮށްގެން ސިވިލްސާރވިސްގައި ޚިދުމަތްކުރެވޭނެ ފަންނުތަކާއި، ހުރި
ފުރުސަތުތައް ދަނެގަނެވި ކިޔަވާ ކުދިންނަށް ކުރިމަގު ބައްޓަންކުރުމަށް
ފަސޭހަވެގެންދާނެކަން ސިވިލްސަރވިސް ކޮމިޝަނުން ފާހަގަކުރެއެވެ.
ސިވިލްސަރވިސް
ކޮމިޝަނުން އާއްމުކޮށްފައިވާ މެނުއަލްގައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރޭގައި ބިޒްނަސް،
ސޯޝަލް އެންޑް ބިހޭވިއަަރަލް ސައިންސް، އިންޖީނިއަރިންގ އަދި ލައިފް ސައިންސާއި މެޑިސިންގ
އެންޑް ހެލްތު ސައިންސްގެ އިތުރުން އާރޓްސް އެންޑް ހިއުމެނިޓީސް އާއި އެޑިޔުކޭޝަން
އަދި ޤާނޫނީދާއިރާވެސް ހިމެނެއެވެ.