ސިއްހަތު

އާސަންދައިގެ ދަށުން ޚިދުމަތްދޭ އަގު ކޮންޓްރޯލް ކޮށްފި- އެންސްޕާ


ވޭތުވެދިޔަ ދެ
އަހަރު ދުވަހުގެ ތެރޭގައި އެކި ކްލިނިކްތަކުންނާއި ފާމަސީތަކުން އާސަންދައިގެ
ދަށުން ޚިދުމަތްދޭ އަގު ކޮންޓްރޯލްކޮށްފައިވާކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ
ޖަލީލް ވިދާޅުވެއްޖެއެވެ.



ރާއީސް ޔާމީންގެ
ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މުޖުތަބާ ވިދާޅުވީ ކުރިން
އެކި ފާމަސީތަކުގައި ބޭހުގެ އަގު ވިއްކަންޖަހާފައި ހުންނަނީ އެކިއަގުތަކުގައިކަމަށާއި
މިހާރު ފުޑްއެންޑް ޑްރަގް އޮތޯރިޓީއާއި އެސްޓީއޯ އަދި ޑޮކްޓާރުންނާއި ގުޅިގެން
ޑޮކްޓަރުން ލިޔެދޭ ބޭހާއި އެންޓިބަޔޮޓިކް މަދުކޮށް ބޭހުގެ އަގު
އެއްލެވެލެއްގައި ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެހެންކަމުން ބައެއް
ބޭސްފިހާރަތަކަށް ހުއްދަދިނުން މިހާރު މަޑުޖައްސާލާފައިޥާކަމަށް އެންސްޕާގެ ސީއީއޯ
ވިދާޅުވިއެވެ. އަދި ފާއިތުވި ދެއަހަރުދުވަހުގެ ތެރޭގައިވެސް އާސަންދައިގެ ދަށުން
ޚިދުމަތްދޭ ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ވާހަކަދައްކައިގެން އަގުތައް
ތިރިކޮށް ޕެކޭޖްއަގުތަކަށް ބަދަލުކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯ ވިދާޅުވީ އާސަންދަ ސްކީމްގެ ތެރެއިން ކެންސަރ ބޯންމެރޯގެ
ފަރުވާވެސް މިހާރު ފޯރުކޮށްދެވެމުންދާކަމަށެވެ. އަދި އާސަންދައިގެ ދަށުން
ބޭސްފަރުވާނުކުރެވޭނެ އެއްވެސް ބައްޔެއް ނޯންނާނެކަމަށާއި މީގެ ކުރިން އަހަރަކު އާސަންދައިގެ
ދަށުން ރާއްޖެއިން ބޭރުން ފަރުވާހޯދަނީ ތިންހާހާއި ފަސްހާހާއި ދޭތެރޭ  އަދަދެއްގެ މީހުންކަމަށެވެ. އަދި މިހާރު އެ ބަޖެޓުން
އަހަރަކު 25،000 މީހުންނަށް ފަރުދެވޭކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.



ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް ހަ ހާހަށްވުރެ ގިނަ ފަރާތްތަކަށް ދެވެމުންދާކަން
އެންސްޕާއިން ފާހަގަކުރެއެވެ. އެންސްޕާގެ ސީއީއޯ ވިދާޅުވީ ޑަބްލިއުއެޗްއޯގެ
ގައިޑްލައިންތަކަށް ބެލުމަށްފަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލެވަންސްދެވޭނެ
ގޮތުގެ ގައިޑްލައިނެއްވެސް ތައްޔާރުކޮށް ގެޒެޓްކުރުމުގެ މަރުހަލާގައިވާކަމަށެވެ.