ވިޔަފާރި

ސައުދީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ސައުދީ އަރަބިއްޔާގެ ޤައުމީ އެއަރލައިން ސައުދިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މިއީ ކޯވިޑް19 އަށްފަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

ސައުދީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އިއްޔެއެވެ. މި ދަތުރުތައް ކުރާނީ ސައުދީގެ ރިއާދުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ސައުދީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމާއިއެކު ހަފްތާއަކު 4 ދަތުރު ކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންމެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ވައިޑް ބޮޑީ އެއަރކްރާފްޓެވެ.

"ސައުދިއާ"ގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމާއިއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 32 އަށް އެރީއެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައްކުރާ 24 އެއަރލައިނާއި، ޗާޓަރ ދަތުރުތައްކުރާ 8 އެއަރލައިނެވެ.

ސައުދިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއިއެކު މި ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީއަކަށް ވެގެންދާނެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 435025 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.