ޚަބަރު

ކުޑަކުދިންގެ ހިޔާލީ ވާހަކަ "ފިޔޯރީ ރަންގަސް" މިއަދު ނެރެފި


ކުޑަކުދިންނާއި
ގުޅޭ ހިޔާލީ ވާހަކަ "ފިޔޯރީ ރަންގަސް" މިއަދު ނެރެފިއެވެ.



މިއަދު ޤައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތެނެރެދެއްވީ ބަސް ކޮމިޓީގެ
މެމްބަރެއްކަމަށްވާ ހަމްދޫން އަބްދުﷲ ހަމީދުއެވެ.



މި ފޮތާއި
ބެހޭގޮތުން ވާހަކަދައްކަވަމުން ފޮތް ލިޔުނު މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް
ކޯރޕަރޭޓިވް ސޮސައިޓީ، މެކްސްގެ ޗެއަރޕާރސަން 
އައިމިނަތު އަބްދުﷲ ވިދާޅުވީ ފިޔޯރީ ރަންގަސް ވާހަކައަކީ ފުލޯކް
ވާހަކައެއްކަމުގައި ވީނަމަވެސް ވަރަށް ގިނަ ހަޤީޤަތްތަކެއް މި ވާހަކައިގައި
ހިމެނޭނެކަމަށެވެ. އަދި މި ފޮތް ނިސްބަތްވަނީ ގދ. ފިޔޯރީގައި ކުނާވިޔަން ބޭނުންކުރާ 'ހައި' ހެއްދުމާއި
ބެހޭގޮތުންކަމަށާއި މި ފޮތުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުންނަށް
ފިޔޯރީގައި 'ހައި' ހެއްދި ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.



"ފިޔޯރީ ރަންގަސް" މި ފޮތަކީ މޯލްޑިވްސް
އޯތެންޓިކް ކްރާފްޓްސް ކޯރޕަރޭޓިވް ސޮސައިޓީގެ އުފެއްދުމެކެވެ. މި
ފޮތް ސްކޫލުތަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކާމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.