މުނިފޫހިފިލުވުން

"ދި ވުމަން އިން ދަ ވިންޑޯ " ޑައިރެކްޝަން ސުމެއް، ކާސްޓުން ސަތޭކަ


ކޯވިޑް ސަބަބުން ތިއޭޓަރުން ޖާގަ ނުލިބުނު " ދި ވުމަން އިން ދަ ވިންޑޯ " ނެޓް ފިލިކްސަށް އަތުވެއްޖެއެވެ. އެމީ އެޑަމް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ޓްވެއިންޓިއަތް ސެންޗަރީ ސްޓޫޑިއޯއިން 2019 ވަނަ އަހަރު އޮކްޓޫބަރުމަހު ރިލީޒްކުރަން ނިންމި ފިލްމެކެވެ.

އެހެންނަމަވެސް ފިލުމުން ކޮލިޓީގެ ބައެއް މައްސަލަތައް ފެނުމުން އަލުން އެޑިޓްކުރމުމަށްފަހު 2020 ގެ މޭމަހު އަލުން ސިނަމާތަކުގައި އަޅުވަން ނިންމިއެވެ. އެހެންނަމަވެސް ކޯވިޑާއި ހެދި ފިލްމު ތިއޭޓަރުގައި ނޭޅުވޭނެކަން ޔަޤީންވުމުން ފިލްމް ރައިޓްސް ނެޓް ފިލްކްސަށް ވިއްކާލިއެވެ.

ނެޓްފިލިކްސް ވަނީ މިމަހުގެ 14 ވަނަދުވަހު މި ފިލްމު އާއްމުންނާއި ހަމައަށް ދޫކޮށްލާފައެވެ. ފިލްމު ރިލީޒްކުރުމާއި އެކު އެތައް ބައެއްގެ ފާޑިކިޔުން ވަނީ ފިލްމަށް އަމާޒުވެފައެވެ. " ދި ވުމަން އިން ދަ ވިންޑޯ " ގެ ނަމުގައި 2018 ވަނަ އަހަރު ނުކުތް ނޮވެލް މައްޗަށް ބިނާކޮށް ހެދި މި ފިލްމްގެ ޑައިރެކްޓަރީ ޖޯ ރައިޓްއެވެ. ފިލްމަށް ފާޑުކީ މީހުންގެ ފާޑިޔުންތައް ރައްދުވީ ފިލްމުގެ ޑައިރެކްޝަނާއި ސްކްރީން ޕްލޭގެ ފެންވަރު ދަށްވެގެންނެވެ. އެހެންނަމަވެސް ފިލްމުގެ ކާސްޓުންގެ އެކްޓިންނަށް ކްރިޓިކްސް އިން ވަނީ ތައުރީފުކޮށްފައެވެ.

އެމީ އެޑަމްސްގެ އިތުރުން ދެ މި ފިލްމުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ގެރީ އޯލްޑްމޭން، ފްރެޑް އެޗިންގަރ ޖީލިއަން މޯ ހިމެނެއެވެ. މި ފިލްމުގައި އެމީއަކީ އޭނާގެ އަވެއްޓެރިންގެ ކަންކަން ޖާސޫސްކޮށް ބަލާ މީހެކެވެ. އަދި މިހެން އުޅުމުގެ ތެރޭގައި އެގޭގައި ހިންގާ ބޮޑު ކުށެއް އެމީއަށް ފެނެއެވެ. މި ފިލްމުގެ ބަޖެޓަކީ 40 މިލިއަން ޑޮލަރެވެ.