ޚަބަރު

ޖުމްހޫރީ ބިނާ މުއިވެޔޮދޮށު މައިޒާނަށް ބަދަލުކޮށްފި


ސަލްޓަންޕާކް
ކުރިމަތީގައި ކުރިން ހުރި ޖުމުހޫރީ ބިނާ މުއިވެޔޮދޮށު މައިޒާނަށް ބަދަލުކޮށް އެ މައިޒާން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.



މާލެތެރެ
ހިތްގައިމު ތަނަކަށް ހެދުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، މުއިވެޔޮދޮށު މައިޒާން ތަރައްޤީކުރައްވާފައިވަނީ،
ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭގޮތަށް އަދި ޢާއްމުން ހިތްހަމަޖައްސާލުމަށް
ތިބެވޭނެތަނެއްގެ ގޮތުގައެވެ.



ޖުމުހޫރީ ބިނާ މުއިވެޔޮދޮށު މައިޒާނަށް ބަދަލުކޮށް، ތަރައްޤީ ކުރައްވާފައިވަނީ ސްޓެލްކޯއިންނެވެ. މިތަން ރަސްމީގޮތުން މިއަދު
ހުޅުއްވައިދެއްވީ ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިޒުއެވެ. ރައްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު
ވިދާޅުވީ، މިއީ ސަރުކާރަށް ދެއަހަރުގެ ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް
ޔާމީން ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ.



” މި ސަރަޙައްދު
ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް މިއީ ހިތްފަސޭހަ މައިޒާނަކަށް ވާނެކަމަށް
އަޅުގަނޑު އުއްމީދު ކުރަން. ރައީސުލް ޖުމުޙޫރިއްޔާ ބޭނުންފުޅުވަނީ ހުރިހާ
ރައްޔިތުންނަށްވެސް މާލޭގައި ހިަތްހަމެޖެހިގެން އަދި މިކަހަލަ ހިތްފަސޭހަ
ތަންތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރެވުން " މުއިއްޒު
ވިދާޅުވިއެވެ.



ސްޓެލްކޯގެ
މެނޭޖިންގ ޑިރެކްޓަރ ޢަބުދުއްޝުކޫރު ވިދާޅުވީ، ކުރިއަށް އޮތް ދިހަ އަހަރުވަންދެން
މި ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ގެންދާނެކަމަށެވެ.




" މި
ސަރަޙައްދު  ސާފުކުރުމާއި، މަރާމާތުކޮށް
ރީތިކޮށް ބާއްވާ ބެލެހެއްޓުމުގެ މަސައްކަތް ދިހަ އަހަރުވަން ދެން ބެލެހެއްޓުން
ސްޓެލްކޯ އިން މިހާރު ވަނީ ޙަވާލުވެފައި. މިތަން ބޭނުންކުރާ ހުރިހާ ފަރާތްތަކުން
ރީތިކޮށް ބޭއްވުމަށް އިސްކަން ދެއްވާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން
" ޝުކުރޫ ވިދާޅުވިއެވެ.



މި ސަރަޙައްދު
ތަރައްޤީކޮށްފައިވާއިރު ކުޑަކުދިންނަށް ކުޅެވޭނެ ތަކަމާއި ފެންއަރުވާ ވަޑާމެއްވެސް
ވަނީ ހަދާފައެވެ. ހައުސިންގް މިނިސްޓްރީ އަދި ސްޓެލްކޯ އިން މި
ތަަންތަރައްޤީކޮށްފައިވާއިރު، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުުނަށްވެސް
މި ސަރަޙައްދު ބޭނުންކުރެވޭގޮތަށް ވަނީ ތައްޔާރުކުރެވިފައެވެ. އަދި ސްޓެލްކޯ އިން
މި ތަން ތަރައްޤީކޮށްފައިވަނީ ހިލޭސާބަހަށެވެ. މި ތަން ތަރައްޤީކުރުމަށް
ގާތްގަޑަކަށް ދެ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.



މުއިވެޔޮދޮށު މައިޒާން ސަރަޙައްދު ކުރިން އޮންނަނީ
ހަމައެކަނި މީހުންނަށް އިށީންދެގެން ތިބެވޭގޮތަށެވެ.