ޚަބަރު

ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ


ޅ.ނައިފަރުގައި، ފުލުހުން މީހަކަށް އަނިޔާކުރިކަމަށްބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ މީހަކު ނައިފަރުގައި މީހަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލްކަމަށް އައިސްފައިވާކަމަށެވެ.

އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ބަލަން ފަށާފައިވާކަމަށެވެ. މި މައްސަލަ ބަލާ އެފަދަ ކަމެއް ހިނގާފައިވާނަމަ، ފުލުހުން މިފަދަ ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެކަމަށްވެސްވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.