ޚަބަރު

ކޯވިޑް-19 : ނިޔާވި މީހުންގެ ޖުމުލަ 99އަށް


ކޯވިޑް-19ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔަވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިރޭ 00:14 ހާއިރު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަވަނީ 99 އަކަށް އަރާފައެވެ. މިމީހާ ނިޔަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ފަރުވާ ދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.

ކޯވިޑް ބަލީގައި މިވޭތުވެދިޔަ 48 ގަޢިރުގެ ތެރޭގައި ރާއްޖެއިންވަނީ 7 މީހަކު ނިޔާވެފައެވެ. އަދި ހުކުރު ދުވަހުއެކަނިވެސް 5 މީހަކު މިބަލީގައިވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 99 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 86 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޯވިޑް-19ގައި ނުރައްކާ ބޮޑުވާ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަކަން އެޗްއީއޯސީއިން ފާހަގަކުރައްވައެވެ. އަދި ބައްޔަށް ހުށައެޅޭ މީހުންގެ ތެރޭގައި އުމުރުގެ ގޮތުން ޒުވާނުނަށް އައިސީޔޫގައި ފަރުވާ ކުރަމުން އަންނަ އިންސައްތަވެސް އިތުރުވެފައިވާކަމަށް އެޗްއީއޯސީއިން ފާހަގަކުރައްވައެވެ.