ވެކްސިންގެ 2ވަނަ ޑޯޒާއެކު އެއް ލައްކަ ސާޅިސް ދެ ހާހަށްވުރެ ގިނަ މީހުން ރާއްޖޭގައި ވެކްސިން ފުރިހަމަކޮށްފިއެވެ. މީގެތެރޭގައި 1665 މީހަކު ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ.
ކޯވިޑް-19އިން ރައްކާތެރި ވުމަށްޓަކައި ކޯވިޑް-19 ދިފާޢު ވެކްސިން ޖެހުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. މީގެ ދަށުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،665 މީހުންވަނީ ވެކްސިންގެ 2ވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 421 މީހުންނާއި އަތޮޅުތަކުން ވެކްސިންގެ 2ވަނަ ޑޯޒްޖެހި 1،244 މީހުންނެވެ. މިއާއެކު މިހާތަނަށް ދެޑޯޒާއެކު ވެކްސިން ފުރިހަމަ ކުރީ 142،913 މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 286 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖަހާފައިވާ 156 މީހުންނާއި އަތޮޅުތަކުން ވެކްސިންޖަހާފައިވާ 130 މީހެކެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 302،974 އަށް އަރާފައެވެ.
*️⃣ COVID-19 : Vaccination Updates
— Health Protection Agency (@HPA_MV) May 16, 2021
15.05.2021
Number of people who have received the first dose -
Greater Malé Area: 156
Atolls: 130
Number of people who have received the second dose -
Greater Malé Area: 421
Atolls: 1,244 pic.twitter.com/ysZpRkH2h9
ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތްކުރަމުން އަންނައިރު ދެވަނަ ޑޯޒް ޖެހުމަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އެގޮތުން މިހާރު ދެމުން އަންނަ ސިނޯފާމްގެ ދެވަނަ ޑޯޒްޖެހުމަށް ޝަރުޠު ހަމަވެފައިވާ ނުވަތަ ޖަހަންޖެހޭ މުއްދަތު ހަމަވެފައިވާ މީހުންގެ ތެރެއިން %70 މީހުން ވެކްސިންޖަހާފައިނުވާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.
ހަމައެއާއެކު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ޝަރުޠު ހަމަވެފައިވާ އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ވެކްސިން ފުރިހަމަނުކުރާ 55،000އަށްވުރެ ގިނަ މީހަކު މާލެ ސަރަޙައްދުގައި ތިބިއިރު އަތޮޅުތަކުގައި ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަނުކުރާ 37،000އަށްވުރެ ގިނަ މީހުންއެބަތިބިކަމަށް އެޗްއީއޯސީއިން ހާމަކުރައްވައެވެ. އަދި ޖުމްލަ 92،000 މީހުން ވެކްސިންނުޖަހާ އެބަތިބިކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. ވެކްސިންގެ ޝިޕްމަންޓް ރާއްޖެއަށް އައުން ލަސްވުމާ ގުޅިގެން މިހާރުވަނީ ކޮވިޝީލްޑް ވެކްސިން ޢާއްމުކޮށް ޖެހުން ހުއްޓާލާފައެވެ. ވެކްސިންގެ ޝިޕްމަންޓެއް އަންނަމަހު ރާއްޖެއަށް ލިބޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.
ވެކްސިނަކީ މިބައްޔަށް މިވަގުތު އޮތް ފަރުވާކަމަށްވާއިރު ވެކްސިނަށް ސަމާލުވުމަށް އެޗްއީއޯސީއިން އިލްތިމާސްކުރައްވައެވެ. ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދެއެވެ. ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.