ވިޔަފާރި

ބ.ފިނޮޅުގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރު މެދުތެރޭ ހުޅުވަނީ


ދާދި ފަހުން ރާއްޖޭގައި ހުޅުވި ' އަމިއްލަ
ފުށި' ރިސޯޓް ތަރައްޤީކުރި އޮސްޓްރޭލިއާގެ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް
ކޮމްޕެނީގެ ފަރާތުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓް އަންނަ އަހަރު މެދު ތެރޭ
ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.



ބ. އަތޮޅު ފިނޮޅުގައި ލަގްޒަރީ ބީޗް ކްލަބް
ކޮންސެޕްޓަށް ހަދާ މި ރިސޯޓްގައި މޫދު އަދި ބީޗް ވިލާގެ ތަފާތު ހަތް ވަތްތަރެއްގެ
ވިލާ ހުންނާނެ ކަމަށާއި ބައެއް ވިލާ ތަކުގައި ޕްރައިވެޓް ޕޫލް ހުންނާނެ ކަމަށް
އެކުންފުނިން މައުލޫމާތުދެއެވެ.



މި ރިސޯޓްގައިވެސް މަޝްހޫރު ކެއްކުންތެރިޔާ ލުކް
މަންގަންގެ ރެސްޓޯރެންޓެއް ހުންނާނެ ކަމަށްވެސް ސްމޯލް މޯލްޑިވްސް އައިލެންޑް
ކޮމްޕެނީއިން ހާމަކުރެއެވެ.



އެ ކުންފުނިން މިއަހަރުތެރޭ
ހުޅުވި އަމިއްލަފުށީގެ ސްވިމިންގ ޕޫލަކީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ
ބޮޑު ސްވިމިންގ ޕޫލެވެ. އަމިއްލަފުށީގައި ބީޗް،ލެގޫން، އޯޝަން ލެގޫން އަދި އޯޝަން
ރީފް ވިލާތަކުގެ އިތުރުން ބާރަ މީޓަރުގެ އުސް މިނިއްގައި ހަދާފައިވާ ޓްރީ
ހައުސްތައް ހުރެއެވެ.