ވިޔަފާރި

ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭ މަޝްވަރާތައް ޗައިނާއާއެކު ފަށަނީ


ދިވެހި
ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި
ސޮއިކުރުމަށްޓަކައި އެކަމާއި ގުޅޭ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލްވުން މިމަހުގެ
25 ހުން 26 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް
މިނިސްޓްރީން ހާމަކޮށްފިއެވެ.



ދިވެހި
ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ
ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރުމަށްޓަކައި ދެ ޤައުމުން ގުޅިގެން ޖޮއިންޓް
ފީސިބިލިޓީ ސްޓަޑީ ވަނީ އެކުލަވާލާފައި އަދި ފީސިބިލިޓީގެ ސްޓަޑީގެ މައްޗަށް ރިޢާޔަތްކޮށް،
ރަސްމީ މަޝްވަރާތައް ފެށުމަށް ދެ ޤައުމުން ވަނީި ދިޔަ ސެޕްޓެމްބަރ މަސް ތެރޭ
އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފައެވެ.



ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ
އެއްބަސްވުމެއް ޤާއިމްކުރެވިގެން ދިޔުމުން 
ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބާޒާރުގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހި
ވެގެންދާނެއެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުގެ އަދަދުވެސް
އިތުރުވެގެންދާނެކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.