މާދަމާއަކީ ޢީދުދުވަހަށް ނުވެއްޖެނަމަ ފިތުރު ޒަކާތްދެއްކުމުގެ އެންމެ ފަހު ތާރީޚަކީ މާދާމާގެ އިރު އޮއްސި 6 ޖެހުމާހަމައަށްކަމަށާ، މާދަމާ ޢީދަށް ވެއްޖެއްނަމަ ފިޠުރު ޒަކާތް ބަލައިގަންނާނީ މިރޭ މެންދަމު 12:00އާ އަހަމއަށްކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް މިގޮތަށް ޢަމަލުކުރާނީ މާލެ ސަރަޙައްދުގައިކަމަށާއި އަތޮޅުތެރޭގައި ފިތުރު ޒަކާތް ބަލާއިގަތުން ކުރިއަށްގެންދާނެ ގަޑި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.
މިރަމަޟާންމަހު ފިތުރު ޒަކާތް ދައްކަމުންދާ ފަރާތްތައް އެހެން އަހަރުތަކާ އަޅާބަލާއިރު މަދުކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަހުވަގުތަށް މަޑުނުކޮށް ޒަކާތް ދެއްކުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. މިހާރު މާލެ ސަރަޙައްދުގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ މާދަމަމާ އިރުއޮއްސި 6 ޖެހުމާހަމައަށްކަމަށްވާއިރު މިހާތަނަށް ޒަކާތް ދައްކާފައިނުވާ ފަރާތްތަކުން ޒަކާތު ގޮތުގައި އެމީހަކާއި އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންގެ ފަރާތުން ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިވަޑައިގަންނަވާފައެވެ.
އެހެން އަހަރުތަކަށްވުރެ މަދުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކޮޅު ޒަކާތްދައްކާފައިވާއިރު ރަމަޟާން މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ޒަކާތް ދައްކާފައިވަނީ 20862 މީހުންނެވެ. އިސްލާމިކް މިނިސްޓްރީއިން ކަނޑައާޅާފައިވާ ތަންތަނުގެ އިތުރުން އޮންލައިންކޮށް މިމީހުންވަނީ 899ހާހަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައެވެ.
ދިރާގާއި އުރީދޫ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރުކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މީގެއިތުރަށް ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ކަނޑައަޅާފައިވަނީ އެރަށެއްގައި ކެއުމަށް އާއްމުކޮށް ކައިއުޅުނު ބާވަތެއްގެ 2.4 ކިލޯގެ އަގެވެ.