ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މަންމާފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް ސިއްހީ ހާލުކޮޅާގުޅޭ ގޮތުން އިތުރު މަޢުލޫމާތު އަދި ލިބިފައި ނުވެއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސްވަނީ ކޯވިޑް ޖެހި ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 34،000 އަށްވުރެ މައްޗަށް އަރާފައެވެ.