ކުޅިވަރު

ނޭމާ ޕީއެސްޖީގައި 2025ވަނަ އަހަރާއި ހަމައަށް މަޑުކުރަނީ


ޕީއެސްޖީގެ ތަރި ނޭމާ އެޓީމުގައި 2025ވަނަ އަހަރާއި ހަމައަށް މަޑުކުރަން ނިންމައިފިއެވެ. ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތީ ހަމަވާގޮތަށެވެ.

29 އަހަރުގެ ނޭމާ އަށް މިހާރު އާ އެއްބަސްވުމުގެ ދަށުން 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެއެވެ. އަދި އިސްތިހާރުތަކާއި އެހެނިހެން ކަންތަށްތަކުން ލިބޭ ފައިސާއިން މިއަދަދު އިތުރުވާނެއެވެ. ދުނިޔޭގެ ރެކޯޑްއަގަކަށް ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލްވެފައިވަނީ 2017ވަނަ އަހަރުއެވެ. ޕީއެސްޖީއާ އެކު ނޭމާ ވަނީ މިހާތަނަށް ނުވަ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ތިން ފްރެންޗް ލީގު ތަށްޓާއި ފްރާންސް ކަޕާއި ލީގު ކަޕް އަދި ސުޕަ ކަޕް ތެރެއިން ކޮންމެ މުބާރާތެއް ދެ ފަހަރު ނޭމާ ޕީއެސްޖީއާއެކު ކާމިޔާބުކޮށްފައިވެއެވެ. ޕީއެސްޖީން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި މި އަހަރުގެ ސެމީން ފުރުސަތު ހޯދުމުގައި ނޭމާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ނޭމާ މަޑުކުރުމަކީ މި ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ކުޅުންތެރިން ޕީއެސްޖީ އަށް ގެންނަން މަސައްކަތްކުރާނެ ކަމަށް ހެއްލާފީ ވިދާޅުވިއެވެ.