ތަޢުލީމު

ޔުނިވާސިޓީގެ އެފްއެޗްޓީއެސް އަށް ޑީން އެއް ހަމަޖައްސައިފި




ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޑީން ކަމުގެ މަޤާމަށާއި އެ ޔުނިވަރސިޓީގެ ދެ ކެމްޕަހެއްގެ މެނޭޖަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

މެނޭޖަރުން ހަމަޖައްސާފައިވަނީ ލ.ގަން ކެމްޕަހާއި އައްޑޫ ސިޓީގެ ހިތަދޫ ކެމްޕަހަށެވެ.

އެގޮތުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޑީންގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޒީނާޒް ހުސެއިންއެވެ. އަދި އައްޑޫ ސިޓީގެ ކެމްޕަސްގެ މެނޭޖަރ ކަމަށްް އާމިނަތު ޒާހިރާ އާއި ލ.ގަން ކެމްޕަސް މެނޭޖަރއަށް ޝާހިދާ އަބޫބަކުރު ވަނީ ހަމަޖައްސާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެކަލްޓީ ހޮސްޕިޓާލިޓީ އެންޑް  ޓުއަރިޒަމް ސްޓަޑީޒްގެ އާ ޑީން ވިދާޅުވީ އެ ފެކަލްޓީއިން މާސްޓަރސް ޑިގްރީއާއި ހަމައަށް މިހާރު ވާސިލްވެފައިވާކަމަށާއި ދެން އޮތް އެންމެ ބޮޑު އުއްމީދަކީ ޕީއެޗްޑީ ތަޢާރްފްކުރުންކަމަށެވެ. މީގެ އިތުރުން ދަރިވަރުން އިތުރުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަން ކެމްޕަހާއި އައްޑޫ ސިޓީގެ ހިތަދޫ ކެމްޕަހުގައި ވެސް އިތުރު ކޯސްތައް ފެށި އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާނެކަމަށް އެ ދެ ކެމްޕަހުގެ އާ މެނޭޖަރުން ވިދާޅުވިއެވެ.