ޚަބަރު

2016ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ފެށިއްޖެ


އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަން މިއަދު ފަށްޓަވައިފިއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން ވަނީ ބަޖެޓްގެ ބަހުސްކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ގޮތް އިޢުލާންކުރައްވާފައެވެ.މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދު ވިދާޅުވީ، އާންމުކޮމިޓީގެ ލަފަޔާއެކު މިއަދު އިރުއޮއްސި ހައެއްޖަންދެން ބަހުސްކުރިއަށް ގެންދަވާނެކަމަށެވެ. އަދި އެގޮތަށް މަޖިލީހުގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.ރިޔާސަތުން ވިދާޅުވީ، ކޮންމެ މެމްބަރަކަށްވެސް  15 މިނެޓް ވަގުތު ދެއްވާނެކަމަށެވެ. އަދި ބަޖެޓް ދިރާސާކުރެއްވި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން ކޮންމެ މެމްބަރަކަށް 7 މިނެޓް ދެއްވާނެކަމަށެވެ.ބަޖެޓް ދިރާސާކުރައްވައި ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ނިންމެވުމަށް ނިންމަވާފައިވަނީ  މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ބަޖެޓް ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމަށް ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 27.45 ބިލިއަން ރުފިޔާއެވެ.