ކުޅިވަރު

ބެންގަލޫރު އެފްސީއާއި އީގަލްސް މެޗް ކުޅޭނީ ރޭގަނޑު


އޭއެފްސީ ކަޕްގެ ޕްލޭއޯފް ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިމެޗް ކުޅުމަށް އިންޑިޔާގެ ބެންގަލޫރު އެފްސީ މާދާމާ މާލެ އައުމަށް ހަމަޖެހިފައިވާއިރު، އެޓީމް މާލޭގައި ހޭދަ ކުރާ ދުވަސްވަރުގެ ކަންތައްތައް ކުރިއަށްދާނީ އެޗްޕީއޭ އާއި އޭއެފްސީގެ ކޮވިޑް-19ގެ ޚާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ. ރާއްޖޭގެ ކުލަބުން އޭއެފްސީ ކަޕްގެ ޕްލޭއޯފްގައި އެންމެ ފުރަތަމަ ކުޅެފައިވަނީ ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީއާއި ދެކޮޅަށެވެ. 2 ލަނޑު 0 ލަނޑުން މިމެޗް ކުލަބް އީގަލްސް ކާމިޔާބުކޮށް ކޮލިފައިންގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދިއެވެ. ބަންގްލަދޭޝް ކޯވިޑް19ގެ ސަބަބުން ލޮކްޑައުންއެއްގައި އޮތުމުގެ ސަބަބުން އަބާހާނީ އާއި ކުލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި އޭއެފްސީއިން ޑާކާ އަބަހާނީއަށް މެޗް ކުޅުމަށް ދިން ފުރުސަތުތަކުގައިވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި އެންމެފަހުން އޭއެފްސީއިންވަނީ އަބަހާނީ ގުރޫޕް ސްޓޭޖުން ވަކިކޮށްފައެވެ.

ބަންގްލަދޭޝަގެ ޑާކާ އަބަހާނީ ގުރޫޕުން ވަކިކުރުމާ ގުޅިގެން ކުލަބް އީގަލްސްއަށްވަނީ ސީދާ ޕްލޭއޯފްގެ ޖާގައެއް ޔާގީން ވެފައެވެ. ޕްލޭއޯފްގައި އީގަލްސް ވާދަކުރާނީ އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީއާއިއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ ޕްލޭއޯފްގެ ޖާގައެއް ޔަގީންކުރީ ނޭޕާލްގެ އާމީ ކުލަބް 5 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. ބެންގަލޫރުއިންވަނީ މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ޓީސީ ސްޕޯޓްސް ކުލަބް އަދި މާޒިޔާއާއި ދެކޮޅަށް ބުނެފައެވެ.

މިމަހުގެ އެރާގަވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ޑީއިން ފުރުސަތު ލިބިގެންދާނެއެވެ. ގުރޫޕް ޑީގައި ހިމެނެނީ ރާއްޖޭގެ އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާ އާއި އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދެޝްގެ ބަޝުންދުރާ ކިންގްސްއެވެ. މިމެޗްތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައި މިމަހުގެ 14 އިން 21 އަށެވެ. އެފްއޭއެމުން ބުނީ ކުލަބް އީގަލްސް އާއި ބެންގަލޫރް އެފްސީ ވާދަކުރާ މެޗް މިމަހުގެ 11ވަނަ ދުވަހުގެ ރޭ 10ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާކަމަށާއި އިތުރު ބަދަލްތަކެއް އަދި އައިސްފައިނުވާކަމަށެވެ. އިރުއޮއްސި ހައެއްގެ ކުރިން މެޗް ކުޅޭނަމަ، އީގަލްސްގެ ކުޅުންތެރިން މެޗް ކުޅޭނީ ރޯދައަށް ހުރެގެންނެވެ. ބެންގަލޫރު އެފްސީ މާލެއައުމަށްފަހު އެޓީމު މަޑުކުރުމަށް ހަމަޖެހިފައިވަނީ މާގިރި ހޮޓަލްގައެވެ.