ޚަބަރު

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ދަންވަރު 03:18 ހާއިރު ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.. މިއީ ރާއްޖޭގައި ކޯވިޑް-19ގައި ނިޔާވި75 ވަނަ މީހާއެވެ.

އޭގެ ތެރޭގައި ހިމެނެނީ65 ދިވެހިންނާއި10 ބިދޭސީންނެވެ.

ރާއްޖެއިން ކޮންމެ ދުވަހަކުވެސް އަންނަނީ ރެކޯޑް ޢަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި24 ގަޑިއިރުގެ ތެރޭގައިވެސް 734 މީހަކަށް ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް 540 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ކޯވިޑް ބަލީގައި މިވަގުތު ރާއްޖޭގައި 7،109 މީހުންނަށް ފަރުވާދެމުން އަންނަ މީހުންގެ މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންވެސް 198 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. 

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ވަރަށް ބޮޑަށް ވަނީ ނުރައްކާވެފައެވެ. އެގޮތުން ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަނީ އައު ވޭރިއަންޓުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.