ޓުއަރިޒަމް

ލަގްޒަރީ ވޯޓާ ވިލާ އެވޯޑް ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބިއްޖެ


އިނގިރޭސިވިލާތުން ދެމުން އަންނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ، ދުނިޔޭގެ "ލަގްޒަރީ ވޯޓާ ވިލާ" އެވޯޑް ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބިއްޖެއެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓަކީ ވިލާ ހޮޓެލްސް އިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ.ހޮންކޮންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ފަރާތުން މި އެވޯޑާއި ހަވާލުވީ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމެވެ.މީގެ އިތުރުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން އެންމެ ރަނގަޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ވެސް ލިބިފައެވެ.ޕެރަޑައިސް އައިލެންޑް ރިސޯޓުން އެ އެވޯޑް ހޯދި މިއީ ދެވަނަ އަހަރެވެ.ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑް ވެސް އެ ރިސޯޓުން ޖެހިޖެހިގެން ދެއަހަރު ހޯދާފައިވެއެވެ.