ކުޅިވަރު

16 ރަށެއްގައި ބޮޑު ފުޓްބޯޅަ ދަނޑު އަޅަނީ - ބައްސާމް


16 ރަށެއްގައި ފުޓްބޯޅަ ދަނޑުއެޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެފްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ އެކިރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް އެޅުމަށް ގިނަ މަޝްޢޫތަކެއްދަނީ ހިންގަމުންނެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރިކަމުގައި 100 ފުޓްބޯޅަ ދަނޑު އެޅުމަށްވަނީ ވައުދުވެފައެވެ. މިދަނޑުތަކާބެހޭގޮތުން މަޢުލުމާތު ދިނުމަށް މިއަދު ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް ވިދާޅުވީ މި16 ދަނޑަކީ ފީފާ އިން ޤަބޫލުކުރާ ޓާފް ދަނޑުތަކެއްކަމަށާއި ފެންސްޖޖަހައި، ރޭގަނޑުވެސް މިދަނޑުތަކުގައި މެޗްތައް ކުޅެވޭގޮތަށް ލައިޓްވެސް ހަރުކުރެވޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ. މިދަނޑުތަކުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބޯޑު ލީގުކަމަށްވާ ދިވެހި ޕްރިމިއަރ ލީގްގެ މެޗްތައް ކުޅޭވޭ ފެންވަރަށް އަލިވާނެކަމަށާއި އިލެކްޓްރޯނިކް ސްކޯ ބޯޑެއްވެސް މި ދަނޑުތަކުގައި ހަރުކުރެވިގެންދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

އެފްއޭއެމުން މުޅި ރާއްޖެ ހިމެނޭގޮތަށް ފުޓްބޯޅަ މުބާރާތްތައް ރާވަމުންދާއިރު، މިދަނޑުތަކުގެ ސަބަބުން އަތޮޅުތެރޭގައި މުބާރާތްތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

"މުސްތަގްބަލުގައި އަޅުގަނޑުމެން 2023-2024ވަނަ އަހަރު މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް، ދިވެހި ޕްރިމިއަރ ލީގް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި މިލަނޑުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ އަދި އަޅުގަނޑުމެން މިދަނޑުތައް އެޅުމުގެ ބޭނުމަކީވެސް މިމުބާރާތްތައް، ނުވަތަ ސަރުކާރާއި ގުޅިގެން ފެންވަރު ރަގަނޅު ދަނޑުތަކެއް އެހި ސަރަހައްދުތަކުގައި އެޅިގެންދިއުން." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއަދުގެ ސަރުކާރުން މިހާރުވެސް 75 ރަށުގައި ފުޓްބޯޅަ ދަނޑުތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަތޮޅު ތެރޭގެ ގިނަ ފަރާތްތަކުން ޔޫތް މިނިސްޓްރީގައި އެދެމުންދަނީވެސް ފުޓްބޯޅަ ދަނޑުތަށް އަޅައިދިނުމަށްކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. 75 ރަށުގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 15 ވަރަކަށް ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ވަރަށް އަވަހަށް ބައެއް ދަނޑުތަކުގެ މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. 75 ދަނޑުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި16 ދަނޑަކީ މިއަށް އިތުރުވާ ދަނޑުތަކެކެވެ.

"މިލިސްޓްވެސް އެކުލަވާލާފައިވަނީ އެފްއޭއެމް އާއި ޔޫތް މިނިސްޓްރީއާއި ދެމެދުގައި މަޝްވަރާ ކުރެވިގެން. 2023-2024ވަނަ އަހަރު މުޅި ރާއްޖެއަށް ދިވެހި ޕްރިމިއަރ ލީގް ފުޅާކުރުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑު ގަބޫލް ކުރަން މީގެ ސަބަބުން މުޅި ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް. އަޅުގަނޑު އުއްމީދު ކުރަނީ އެފްއޭއެމުން ރާވާފައިވާ ގޮތަށް މިރަށްރަށުގައި މަސައްކަތްފެށި އަވަހަށް މަސައްކަތް ނިންމާލެވޭނެކަމަށް." މިނިސްޓަރ މަހުލޫފް ބުންޏެވެ.

އެފްއޭއެމް އާއި ޔޫތް މިނިސްޓާރީ ގުޅިގެން 16 ދަނޑުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި16 ދަނޑަކީ އދ.ދަނގެތި، ލ.މާބައިދޫ، ގދ.ނަޑެއްލާ، ބ.ކަމަދޫ، މ.ނާލާފުށި، ށ.ކޮމަންޑޫ، ކ.ހުރާ، ރ.އިގުރައިދޫ، ފ.ބިލެއްދޫ، ހއ.ކެލާ، ތ.ގުރައިދޫ، އއ.އުކުޅަސް، ތ.ވަންދޫ، ގއ.ގެމަނަފުށި، އއ.މާޅޮސް އަދި ގއ.ކޮލަމާފުށްޓެވެ.