ޚަބަރު

ނެޝަނަލް ޑްރަގް އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް


ނޭޝަނަލް ޑްރަގް އެޖެންސީ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބަދަލުކުރައްވައިފިއެވެ.

އެ އެޖެންސީ މިހާތަނަށް ހިންގަމުން އައީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުންނެވެ.

ރައީސް އޮފީހުން ވިދާލުވީ، އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވަނީ، ފަޚުރުވެރި ދިވެހި ޢާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމަކަށްވާތީ އެކަން ތަންފިޒްކުރުން ހަރުދަނާކުރުމަށްޓަކައިކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ އުފައްދާފައިވަނީ 2012 ޖެނުއަރީ 26 ވަނަ ދުވަހު ޢަމަލުކުރަން ފެށި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުންނެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި،އެ ޤާނޫނާ ގުޅިފައިވާމައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.

އެ އިދާރާގެ މަސްއޫލިއްޔަތު ތަކުގެތެރޭގައި މަސްތުވާތަކެތިބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއްހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި، ސްތުވާތަކެއްޗާގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުންއުފެދޭޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީސިޔާސަތުތައް ތަންފީޛުކުރުން ހިމެނެއެވެ