ޚަބަރު

ހާމިދު އިސްމާއިލްގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް
ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް ފަނަރަ ދުވަހު
ބަންދުގައި ބަހައްޓަން ކުރިމިނަލްކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއިދުކޮށްފިއެވެ. 



ދަށުކޯޓްގެ ނިންމުމާއި
ހިތްހަމަނުޖެހިގެން ހާމިދުގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފް ކުރި މައްސަލަ
ނިންމާ މިއަދު އެކޯޓުން އިއްވި ހުކުމް
ގައި ބުނެފައިވަނީ ދަށުކޯޓްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ގާނޫނީ އަދި
ޝަރުއީ ސަބަބެއް ނެތްކަމަށެވެ. 



ކުރީގެ ނައިބް ރާއިސް އަހްމަދު
އަދީބާއި ގާތް ގުޅުމެއް އޮންނަ ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ
މެލޭޝިއާގައި ހުއްޓާ އެގައުމުގެ ފުލުހުން މެދުވެރިކޮށެވެ. ހާމިދް ހައްޔަރުކުރެވުނީ އޭނާއަށް
ރާއްޖެއައުމަށް ތަކްރާރްކޮށް އެންގުމުންވެސް ރާއްޖެނައިސް ފިލައިގެން  އޮސްޓްރޭލިއާއަށް ދާން ޓިކެޓްވެސް ނަގާފައިވަނިކޮށްކަމަށް
ހޯމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.



ހާމިދު އިސްމާއިލްގެ ވަކީލް
ވިދާޅުވެފައިވަނީ ހާމިދު ހައްޔަރުކޮށްފައިވަނީ ވައިބަރ މެދުވެރިކޮށް
ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރްދިން ދިންކަމުގެ ތުހުމަތުގައިކަމަށެވެ. 



ހާމިދު އިސްމާއިލްގެ ބަންދަށް ހައިކޯޓުން މިއަދު ތާއިދްކުރި އިރު އެނާއާ ގާތްގުޅެއް އޮންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ
ކުރީގެ އެމްޑީ ފަނަރަދުވަހަށް ބަންދުކުރުމަށް ހައިކޯޓުން ނެރުނު އަމުރުތަކަށްވެސް
ހައިކޯޓުން ވަނީ ތާއިދްކޮށްފައެވެ.