ޚަބަރު

ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގާ ތަކެއްޗަށް ގެއްލުން


ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައިނުވާކަމަށާއި، އެހެން ނަމަވެސް އަލިފާން ރޯވިތަނުގައި ހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށެވެ.

މިހާދިސާގެ ރިޕޯޓު މިއަދު 10:04 އެހާއިރު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ސަރވިސުން އެތަނަށް ގޮސް އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިފައިހުރި ގެއްލުންތައް ބަލަމުންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ވިލިމާލޭގައި ހުންނަ ހިޔާގައި މިވަގުތު ތިބެނީ 14 ކުދިންކަމަށާއި، މިހާދިސާއާ ގުޅިގެން ހިޔާގައި ތިބި ކުދިން އެހެންތަނަކަށް ބަދަލުކުރަންޖެހޭތޯ ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހިޔާގައި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެެވެ. ނަމަވެސް ފުލުހުން މިހާރު ދަނީ މިމައްސަލަ ތަޙްޤީގުކުރަމުންނެވެ.