ކުޅިވަރު

ޤައުމީ ބާސްކެޓް ޓީމްގެ ފެންވަރު ބެލުމުގެ މަސައްކަތް މިރޭ ފަށަނީ


ޤައުމީ ފިރިހެން ބާސްކެޓް ބޯޅަ ޓީމްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ފެންވަރު
ބެލުމަށް މިރޭ ޚާއްޞަ މުބާރާތެއް ފެށުމަށް ހަމަޖެހިފައިވާކަމަށް
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން ބުނެފިއެވެ. ބާސްކެޓް ބޯލް
އެސޯސިއޭޝަނުން މަޢުލުމާތުދެއްވި ގޮތުގައި ކުރިއަށް އޮތް ސައުތް އޭޝިއަން
ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ބާސްކެޓް ބޯޅަ ޓީމް އެކުލަވާލުމުގެ
މަސައްކަތް ކުރަމުންދާއިރު، ކުޅުންތެރިންގެ ފެންވަރާއި، ކުޅުންތެރިންގެ އަނިޔާގެ މައްސަލައާއި ކުޅުންތެރިންގެ ބުންވަރު ހުރި ހިސާބެއް ބަލާލުމަށް އެންމެ ރަނގަޅު
ގޮތަކީ ޤައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ މެދުގައި މުބާރާތެއް ބޭއްވުންކަމަށެވެ. 

މިކަމަކީ
ކުޅުންތެރިންނާއި، ޤައުމީ ޓީމްގެ މެނޭޖްމަންޓާވެސް މަޝްވަރާ ކުރުމަށްފަހު،
އެފަރާތުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ މުބާރާތެއްކަމަށްވެސް މޯލްޑިވްސް
ބާސްކެޓް ބޯލް އެސޯސިއޭޝަނުން މަޢުލުމާތުދެއްވައެވެ. މިމުބާރާތް
ކުރިއަށްގެންދާނީ ޤައުމީ ސްކޮޑް ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގްރީން، ބްލެކް،
ރެޑް އަދި ވައިޓް ޓީމް ހިމެނޭ ގޮތަށެވެ. މިރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް
އޮންނާނީ ކުޅިވަރު އެކުވެނި އައުޓްޑޯރ ބާސްކެޓް ކޯޓުގައެވެ. 

ފައިވް އޮން ފައިވް
އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް
ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. 

ޓީމް ގްރީން: މުހަންމަދު ޒިލާލް
(ކެޕްޓަން)، މުހަންމަދު ސަމޫހު، އަބްދުﷲ ފިރުނާޝް، އިމްރާނު އަހުމަދު، އަހުމަދު
އަލީ މުސްތަފާ، އަހުމަދު ނަޖީލް، އަބްދުﷲ އަމްޒަރު އަދި އަހުމަދު ނަސީރު.

 ޓީމް ބްލެކް: ޒަކަރިއްޔާ އަބްދުލް ލަތީފު
(ކެޕްޓަން)، އަހުމަދު އިފްސާހު، މުހަންމަދު ހަސަން، ހަސީން މުހަންމަދު، އަހުމަދު
ހުޝާމް، އަލީ ފަޒްލީ އަދި އިބްރާހިމް ރަޝްވާން.







ޓީމް ރެޑް: އިލްޔާސް އިބްރާހިމް (ކެޕްޓަން)، ހަސަން
ޝަހުނޫން، ހުސައިން ހަލީމް، އަހުމަދު އަދުހަމް، އިބްރާހިމް ނަސީމް، އަހުމަދު
ފިރާޝް އަދި ރިޝްފާން ރަޝީދު.

ޓީމް ވައިޓް: އަހުމަދު އަފްޝަން (ކެޕްޓަން)،
އިސްމާއިލް ވިލްދާން، ހުސައިން ސިނާން، މުހަންމަދު ހުވައިލިދު، އަހުމަދު ޒަބީރު،
މުހަންމަދު އަހުމަދު ޒަބީރު، އިބްރާހިމް އަންފާލް ޝަރީފް އަދި އަބްދުﷲ އަފްލަހު
ލަތީފް.