ދުނިޔެ

އެމެރިކާގެ ނިއުޔޯކް ސިޓީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކަށް ރޭ ދެވުނު ޓެރަރިސްޓް ހަމަލާތަކަކާއި ގުޅިގެން އެމެރިކާގެ ނިއުޔޯކްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. ނިއުޔޯކްގެ ކަމާބެހޭ އިދާރާތަކުން ބުނީ މިއީ ވަކި ޚާއްސަ އިންޒާރެއް ނުވަތަ ހަމަލާއެއް އަތުވެދާނެކަމަށް ކުރިކަމެއް ނޫން ކަމަށާއި ޕެރިހުގެ ހަމަލާތަކާގުޅިގެން ސަލާމަތީ ކަންތައްތަށް ވަރުގަދަ ކުރީ ކަމަށެވެ. ނިއުޔޯކް އަކީ ޓެރަރިސްޓުންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރެވޭ އެއް ސިޓީގެ ގޮތުގައި ވަނީ ބެލެވިފައެވެ. ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓުން ސެކިއުރިޓީ ވަރުގަދަ ކުރީ ކޮންހިސާބުތަކެއް ކަމާއި ކިހާވަރަކަށް ކަމެއްވެސް ހާމަކޮށްފައެއްނުވެއެވެ.