ދުނިޔޭގެ ވިޔަފާރި

ފޯޑުން އިންޑިއާގައި އިންވެސްޓް ކުރަނީ

އަންނަ އަހަރުގެ މެދުތެރޭގައި އިންޑިއާގައި އިންވެސްޓް ކުރަން ވިސްނާކަމަށް ކާރު އުފައްދާ މަލްޓިނޭޝަނަލް ކުންފުނި, ފޯޑް މޮޓޯއިން ބުނެފިއެވެ.

ފޯޑުން އިންޑިއާގައި އިންވެސްޓް ކުރަން ތައްޔާރުވަމުންދާއިރު މި މަސައްކަތް ކުރުމަށް ކުންފުނީގެ މުވައްޒަފުންނާ މިހާރުވަނީ ހަވާލުވެސް ކޮށްފައެވެ. އަދި އިންވެސްޓްކުރުމާމެދު މިއަހަރު ގޮތެއް ނިންމޭނެކަމަށް އެމީހުން އުންމީދު ކުރެއެވެ.

އިންޑިއާގައި މިހާރުވެސް އެ ކުންފުނީގެ 16000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އިންޑިއާ އަކީ މުހިންމު މާކެޓެއް ކަމާއި ކުންފުނީގެ އުފެއްދުމެއްކަމަށްވާ 'ރޭންޖަރ އެސްޔޫވީ' އަށް ރަނގަޅު ޕަވަރޓްރެއިނަރއެއް ކަމަށްވެސް އިންޑިއާގައި ހުންނަ ފޯޑްގެ ސްޕޯކްސްޕާރސަން ވިދާޅުވެފައިވެއެވެ.

އިންޑިއާގައި އިންވެސްޓް ކޮށްގެން ރަނގަޅު ފައިދާ އެއް ހޯދުމަށް ފޯޑުން ވިސްނާއިރު އެހެން މާކެޓްތަކަށް ދީފައިވާ އަހަންމިޔަތުކަން އިންޑިއާއަށްވުރެ ބޮޑުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފޯޑަކީ ސުޒުކީ މޮޓޯ ކޯޕް އަދި ހިޔުންދާއީ މޮޓޯސް އަށް ޑިމާންޑް އޮންނަ އިންޑިއާގެ މާކެޓް އަނބުރާލުމަށް މަސައްކަތްކުރި ފުރަތަމަ ކުންފުންޏެއް ނޫނެވެ. މީގެ 25 އަހަރު ކުރިން އިންޑިއާގެ މާކެޓަށް ފޯޑް ވަދެފައިވީނަމަވެސް އާންމުން ދަތުރުކުރާ ވެހިކަލް މާކެޓްގައި ފޯޑް ހިއްސާވަނީ އެންމެ 2 އިންސައްތައެވެ.